ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަތަރު ގާނޫނަކަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް ސޯލިހް ތަސްދީގު ކުރައްވާފައިވަނީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު، އެއްގަމު ދަތުރުފަތުރުގެ ގާނޫނު، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކެވެ.
މިގޮތުން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް 1-5 ގެ ގޮތުގައި މާއްދާއެއް އިތުރުކޮށް މި ގާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، ކަމާގުޅޭ ގަވާއިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާއި އުސޫލުތައް މިކަމަށް ހަދާ ގަވާއިދުގައި ހިމެނުމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ގާނޫނުގެ 49 ވަނަ މާއްދާ ފަހަތަށް 1-49 ގެ ގޮތުގައި މާއްދާއެއް އިތުރުކޮށް މި ގާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، ކަމާގުޅޭ ގަވާއިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާއި އުސޫލުތައް މިކަމަށް ހަދާ ގަވާއިދުގައި ހިމެނުމަށް މި އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
މީގެ އިތުރުން މި އިސްލާހުގައި "ރަށު ކައުންސިލު"، "ސިޓީ ކައުންސިލު" އަދި "އަތޮޅު ކައުންސިލު" މާނަކުރާގޮތް ހިމަނާފައިވެ އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީތަކާއި، ދައުލަތުގެ އިދާރާތަކާ ހަވާލުކުރާނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އާ އެއްގޮތްވާ ގޮތުގެމަތިންކަމުގައި ބަޔާންކޮށްފައިވެ އެވެ. އަދި މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބިން ހަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން، ބިން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުއާމަލާތުކުރަންވާނީ، މި ގާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމުގައި ވެސް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގު ކުރައްވާފަ އެވެ.
މި ގާނޫނަށް ގެނައި އިސްލާހްތަކުގެ ތެރޭގައި ހުއްދައޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި އަމަލުކުރަންވީ އުސޫލަށް އިސްލާހް ގެނެސްފައިވެ އެވެ. އަދި ކައުންސިލްތަކުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ހަމަތަކާއި އެކަމުގައި އަމަލުކުރުމުގެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. ހަމަ އެއާއެކު ކައުންސިލުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު އަމަލުކުރުމުގެ ހަމަތަކާއި، ކައުންސިލުތަކުން އަމިއްލަ ޖަމްއިއްޔާތަކަށާއި ޖަމާއަތްތަކަށް ދޭ އެހީ ދެވޭނެ ގޮތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މި ގާނޫނުގައި، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީއިން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެމަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި މި ގޮތަށް ދޫކުރާ ފައިސާ އަނބުރާ ނުދައްކާނަމަ އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެކަމުގައިވެސް ބަޔާންކޮށްފައިވެ އެވެ. ހަމަ އެއާއެކު، މި ގޮތަށް ލޯނު ދޫކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ލޯނާގުޅޭ އެންމެހައި މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމަށް މި ގާނޫނުގައި ކަނޑައަޅުއްވައިފައިވެ އެވެ.
މީގެ އިތުރުން ވެސް މި ބިލުގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ވަރަށް މުހިންމު އިސްލާހުތަކެއް ވަނީ ގެންނަވާފަ އެވެ. އަދި މި ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެ ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެކަމުގައި ބަޔާންކޮށްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެ އެވެ.
ކުދިންނޭ ރާއްޖޭގައި ކުޑަ ކުދިންނާއި ބެހޭ މީހުންނާއި އަދި ޑްރަގް އެތެރެކުރާ މަނަވަރު ތައް ސައިޒުން ކަނޑާ ތިރިއަރުވާލެވޭނީ ހަމަ އެކަނި މަމެން ޕިންކީންގެ ގެޓް ރައީސް ރާއްޖޭގެ ހާކިމާގެ މަގާމާއި ހަވާލު ވެގެންނޭ މިފަހަރޭ ފަހަރަކީ ކުދިންނޭ މިފަހަރު އެއީ ފަހަރަކީ ކުދިންނޭ ހުރިހާ ކުދިން ވެސް ސަފު ސަފަށް އެތުރި ތިބެގެން އަންނަންވީއޭ މަމެން ޕިންކީންގެ ގޯއްޗަށް ޗުއް ޗުއް ޗުއް ޗުއް ހުރިހާ ކުދިން ވެސް އަންނަންވީއޭ ލެޓްސް ޑޫ އިޓް ލެޓްސް ޑޫ އިޓް އެން ޑޫ އިޓް ލެޓްސް ޑޫ އިޓް އެން ޑޫ އިޓް ލެޓެސް ޑޫ އިޓް
ފުރާޅުން ޓިނު ނެގޭނީ ޓިނު ނެގޭ ފެންވަރުގެ މީހުންނަށޭ އިނގޭތޭ ތަމެން ކައްޕަޅިންނަށް އިނގެން ޖެހޭނެ ނޫންތޭ މަމެން ޕިންކީން ނަކީ އެއީ ބްލެކް ބެލްޓްގެ އަހުލު ވެރިން ކަން މަމެން ޓިނުވެސް ނަގާ ހޫރާލާނަމޭ މަމެން ބޭނުންވާ މަގްސަދު ހާސިލް ކުރުމަށް ޓަކައި އެތަން އެކަންޏެއް ނޫން މަޖްލީހުގައި މާބޮޑަށް ތަމެން ކައްޕަޅިން މަމެން ޕިންކީންގެ ވެރިކަމުގައި ފުއްޕަން ފެށީމާ މަޖްލީހުން ވެސް ނަގާ ހޫރާލީ ނޫންތޭ ތަމެންނަށް އެދުވަސް ހަދާންނުވޭތޭ ހަނދާންވޭދޯ ހަދާންނުވޭތޭ ހަނދާންވޭދޯ ހަދާންނުވޭތޭ ހަނދާންވޭދޯ ހަދާންނުވޭތޭ