ލުނބޯއަކީ އަހަރުމެންގެ ތެރޭގައި ކެއްކުމަށާއި ކެއުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އާއްމުވެފައި އޮތް މޭވާ އެކެވެ. ނަމަވެސް މިއިން ކުރެވޭ އެހެން ބޭނުންތަކަކީ އެ ބޭނުންތަކުގެ މައުލޫމާތު އެނގިއްޖެ ނަމަ ދިރިއުޅުމުގެ ބައެއް ކަންކަން ފަސޭހަ ކޮށްދޭނެ ބޭނުން ތަކެކެވެ.

ސޫފާސޫފި ނައްތާލުން

ސިޓްރަސް ތެލަކީ ޒަމާނުއްސުރެވެސް ގޭގައި އުޅޭ ކުދި ސޫފިތަކުން ގޭތެރެ ރައްކާތެރިކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. ލުނބޯގައި މި ތެޔޮ ރައްކާކުރެވިފައި ހުންނަނީ ތޮށީގަ އެވެ. އެހެންކަމުން ދެން ބޭނުންކުރާ ލުނބޮއެއްގެ ތޮށި މަށާފައި މިފަދަ ކުދި ސޫފާ ސޫފިތައް އުޅޭހެން ހީވާ ތަންތަނުގައި ބަހައްޓާށެވެ.

މޭވާއާއި ތަރުކާރީ ސާފުކުރުން

ލުނބޯ ހުތަކީ އެންޓި މައިކްރޯބިއަލް އެއްޗެކެވެ. މާނައަކީ ލުނބޯ ހުތުން ބެކްޓީރިއާ އާއި އެހެނިހެން ޖަރާސީމުތައް ނައްތާލަދޭނެ އެވެ. އެހެންކަމުން ބާޒާރުމަތިން ގަންނަ ތަރުކާރީ އާއި މޭވާތައް ޖަރާސީމުން ސާފުކޮށްލުމަށް ލުނބޯ ހުތަށްވުރެ ވަކި ފަސޭހައިން ބޭނުންކޮށްލެވޭނެ ހަރަދު ކުޑަ އެއްޗެއް ވަކި ލިބޭނެ ހެއްޔެވެ. ކުރަންވީ ކަމަކީ އެއް ސައިސަމްސާ ލުނބޯ ހުތާއި ދެ މޭޒުމަތީ ސަމްސާ ވިނެގާއާއި އެއް ޖޯޑު ފެން އެއްކޮށްލުމަށްފަހު ސްޕްރޭ ފުޅިއަކަށް އަޅާ މޭވާ އާއި ތަރުކާރީ އަށް ޖަހާލަންވީ އެވެ.

ބޫޓާއި ފަރުނީޗަރުތައް ރީތިކުރުން

އޮފީހަށް ދާން ގެންގުޅޭ ބޫޓުގެ ކުލަ މަރުވެފައި ހުންނަ ނަމަ ދެ ސައި ސަމްސާ ލުނބޯ ހުތާއި، ތިން މޭޒުމަތީ ސަމްސަ އޮލިވް އޮއިލް އެއްކޮށްލުމަށްފަހު ލެދާ ބޫޓު ތަކުގައި ހާކާލުމުން ނިކަން ރީތިކޮށް އޮފް އަރާނެ އެވެ. ބޫޓު އެކަންޏެއް ނޫނެވެ. ވަކަރުން ހަދާފަިއ ހުރި އެކިކަހަލަ ފަރުނީޗަރު ތަކަށްވެސް މިއީހަމަ ބޭނުންކޮށްލުން ރަނގަޅު އެއްޗެކެވެ. ވަކަރު ފަރުނީޗަރު ތަކުގައި ހޭކުމަށްފަހު އިރުކޮޅެއްކޮށްލުމަށްފަހު ސާފު ފޮތިކޮޅަކުން ފުހެލާށެވެ.