ކޮފީ ބުއިމުގެ ސަބަބުން އުމުރު ދިގުވާ ކަމަށާއި ކޮންމެ ދުވަހަކު ހަތަރު ތަށި ކޮފީ ބޯ މީހުން ބަލިތަކުގައި މަރުވުމުގެ ފުރުސަތު 18 ޕަސެންޓް ކުޑަކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ތަފާތުގެ ހޯދުމެއް މިކަމާ ގުޅޭ ގޮތުން ކުރިއަށް ގޮސްފައި ވާއިރު މި ދެ ހޯދުމުން ވެސް ސާބިތު ކޮއްދެނީ ކޮފީ ނުބޯ މީހުންނަށް ވުރެ ކޮފީ ބޯ މީހުންގެ އުމުރު ދިގުވާ ކަމެވެ.

ޔޫރަޕުގެ 10 ގައުމެއްގެ 520،000 މީހުންނާއި ވާހަކަ ދައްކާ ހޯދި ހޯދުން ތަކަކީ މިހާތަނަށް ކޮފީ އާއި ދިރިހުރުމާއި ބެހޭ ގޮތުން ކޮއްފައިވާ އެންމެ ބޮޑު ހޯދުމެވެ. މި ހޯދުމުން ވެސް މި ކަމަށް ތާއީދު ކުރާ ހެކި ތައް ފެނިފައިވެ އެވެ. ދެ ވަނަ ހޯދުން ކުރިއަށް ގެންގޮސްފައި ވަނީ 185،000 މީހުންނާއެކުގަ އެވެ. މި ހޯދުމުން ވެސް ސާބިތު ކޮއްދެނީ ކޮފީގެ ސަބަބުން އުމުރު ދިގުވާ ކަމެވެ.

އެންމެންގެ ވެސް ތަފާތު ދިރިއުޅުމަކާއި ކެއުމާއި ބުއިމުގައި ތަފާތުތައް ވާއިރު މި ކަމުގައި އެއްގޮތް ކަންތައް ވާކަމަށް ބުނެފައިވެ އެވެ.

އާ ހޯދުން ތަކުން ދައްކާ ގޮތުގައި ކޮފީ ބުއިމާއި ދިގު އުމުރެއް ލިބުމުގައި ބައޮލޮޖިކަލް ގުޅުމެއްވެ އެވެ. އަދި ކޮފީ ބުއިމުން ހިތުގެ ބަލި ތަކާއި، ކެންސަރާއި ނޭވާލުމުގެ ނިޒާމުގެ ބަލި ތަކާއި ހަކުރު ބަލި އަދި ކިޑްނީ މައްސަލަ ތަކާއި އެއްވެސް ގުޅުމެއް ނުވާ ކަމަށް ވެސް މި ހޯދުންތަކުން ދައްކަ އެވެ.

އޭގެ އެ ހޯދުންތަކުން ދައްކުވައި ދިނީ ކޮންމެ ދުވަހަކު ތިން ތަށި ކޮފީ އަށް ވުރެ ގިނައިން ބޯ މީހުންނަށް ހުރިހާ ވައްތަރެއްގެ ބަލި ޖެހި މަރުވުމަށް އޮތް ފުރުސަތު ކުޑަވާ ކަމުގަ އެވެ.

ކޮފީ އަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއްކަން ހޯދުން ތަކުން ހާމަ ކޮށްދީފައިވާއިރު ކޮފީގެ ސަބަބުން ތަފާތު ބަލި ތަކުން ދުރު ކޮއްދޭ ކަމަށާއި ކޮފީ ބޯ ގިނަ މީހުންގެ ސިއްހަތު ކޮފީ ނުބޯ މީހުންނަށް ވުރެ ރަނގަޅު ކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

ކޮފީގައި ވާ އެއްޗެހިން ފައިދާ ވަނީ ކީއްވެކަން ހޯދިފައި ނުވި ނަމަވެސް ކޮފީގެ ސަބަބުން ފައިދާވާކަން ހޯދުންތަކުން ސާބިތު ކޮއްދީފައިވެ އެވެ.