ރައްޔިތުންނަށް ޚިދުމަތްތައް ދޭ ފަރާތްތަކުން އެ ޚިދުމަތްތައް ދިނުމުގައި ވީހާ ވެސް ލުއިފަސޭހަކޮށް އެކަންކަން ކޮށްދިނުމަށް އަބަދުވެސް ވިސްނަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ހިރިޔާ ސްކޫލްގައި ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ހިދުމަތްތައް ދިނުމުގައި، އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭން ޖެހޭ ހިދުމަތެއް ކަމަށް ވަނީ ނަމަ އެ މީހަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް ތަފާތުކުރުމެއްނެތި އެ ހިދުމަތެއް ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ. އަދި ހިދުމަތް ދިނުމުގައި ކުންފުނިތަކާ އަދި ދައުލަތުން ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އިހްލާސްތެރިކަމާއެކު، ކޮންމެ ރައްޔިތަކަށް ވެސް ހިދުމަތް ދިނުމަށާއި އަދި އެއީ އަވަހަށް ކޮށްދޭން ޖެހޭ ކަމެއް ކަމަށްވާ ނަމަ ލަސްނުކޮށް އެ ކަމެއް ކޮށްދިނުމަށް ސަމާލުކޮށްދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި ސިއްހީ ހިދުމަތް ހޯދުމުގައި، ހާއްސަކޮށް އަވަސް ފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ ފަރާތްތައް ފޮނުވުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލެއްވި އެވެ. އެގޮތުން ފައިސަލް ވަނީ މި ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ގައުމުތަކުގެ ބޯޑަރުތައްވެސް ބަންދުކޮށްފައި އޮއްވާ އަވަސް ފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތްފުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ހަމައެހެންމެ، އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައި އޮވެމެ، ރާއްޖެއިން އަވަސްފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްކަށް ހާއްސަ ހުއްދައެއްގެ ދަށުން އެ ފުރުސަތު ފަހިކޮށްދެއްވީތީ އިންޑިޔާ ސަރުކާރާއި އެކަމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް ކޮންމެ އަހަރަކު، ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބޭސްފަރުވާ ކުރަމުންގެންދާކަން ފާހަގަކުރައްވައި، ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.
މި ހަފްލާގައި ނައިބު ރައީސް ވަނީ އާސަންދަ މޮބައިލް އެޕްލިކޭޝަން އިފްތިތާހްކޮށްދެއްވާފަ އެވެ.
މީގެ އިތުރުން އާސަންދަ ކުންފުނީގައި 10 އަހަރު ދުވަހު މަސައްކަތްކުރެއްވި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑްތައް އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މި ހަފްލާގައި އާސަންދަ ކުންފުނީގެ ފަރާތުން ވަނީ ނައިބް ރައީސަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.
އާސަންދައިގެ ދަށުން މާލޭގައި ހުންނަ ޕްރައިވެޓް ކްލިނިކްސް ތަކުގެ ޚިދްލަތުގެ އަގު ހެޔޮ ކުރުމަށް ޓަކައި އެބަޖެހޭ ހުޅުމާލޭން އެއިން ކޮންމެ ކްލިނިކް އަކަށް ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކާ އެއް ހެކްޓަރުގެ ބިން ކޮންމެ ކްލިނިކް އަކަށް ދޭން އެއިރުންނޭ ރަނގަޅުވާނީ މިކަން މިސަަރުކާރުގެ ސޯޝަލް ކައުންސިލަށް އަންޑަރސްޓޭންޑް ނުވެ ރިބަން ފަށް ކަނޑާ ރޯ ބުހުތާނު ދޮގު ވާނުވާ ނޭގި ތިބެ ހަދަން ނޫޅުނިއްޔާ މާބޮޑަށް ތާހިރުވާނެއޭ މަމެން ބުަނަން ނެތީމޭ ނެތީމޭ ނެތީމޭ
އާސަންދަ ބަޖެޓްގެ ބޮޑު ބައެއް ދަނީ އިންޑިއާ ހޮސްޕިޓާ ތަކަށޭ މަމެން ހިސާބު ހަދާލިއިރު މުޅި އާސަންދަ ބަޖެޓްގެ %96 ދަނީ އެއީ ސީދާ އިންޑިއާ ހޮސްޕިޓާ ތަކަށޭ އަނެއްކާ އާސަންދަ ދޭ ހޮސްޕިޓާ ތަކުން ފަރުވާ ކޮށްފިނަމަ އެއަށް ނިމުމެއް ނާދެއޭ ކޮންމެ ތިން މަހުން އެއް މަހު އިންޑިއާ އަށް ދާން ޖެހެއޭ މީސީދާ ކޮރަޕްޝަނާއި ފަސާދަ ކުރިއަށް ނެރެގެން ކުރާ ކަމެކޭ މިކަން ހުއްޓުވަން ހުޅުމާލޭގައި 125 ބުރިއަށް 100 ހޮސްޕިޓާ އިމާރާތް ކުރަންވީއޭ އަދި ސިންގަޕޯރ ހޮސްޕިޓާ ތަކަށް ހިންގަންދޭންވީއޭ ދޭންވީއޭ
ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ކުރަން ޖެހޭނީ ތަމެންގެ ކައްޕަޅި ސަރުކާރުން ނުކޮށް ކުރެވޭނެ ކުރާނެ އެއް ކަމެއްވެސް ނޯންނާނެއޭ ރައީސް އޮފީސް ހުންނަނީ މާލޭގައިތޭ ހިންނަވަރަކު ނޫން ދޯ އައްޑޫ އަކު ނޫންދޯ އަދި ފުވައްމުލަކަކު ނޫންދޯ އެހެންކަމަށްވާނަމަ ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ކުރަން ޖެހޭނީ ނުކޮށް ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ މީ މަމެންގެ ގައުމޭ މީ މަމެންގެ މާލެ ސަރަހައްދޭ އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ...
"އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގްސަދެއްގައި ހިންގާ ނޭއްގާލީ އަމަލެއް ކަމަށް އަދާލަތުން ބުނުން ފިޔަވައި އެކަން ސާބިތު ކުރުވޭނެ އެއްގޮތެއް ވެސް ނެތޭ އެކަމަކު އިންޑިއާ އައުޓް ކެމްޕެއިން ރައީސް ޔާމީން ކުރައްވަނީ އެއީ ސީދާ އެކަމުގެ ހެއްކާއި ގަރީނާ އެހެރީ ހުރިހާ ރައްޔިތުންނަށް ފެންނާން އައްޑޫގައި 1400 އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ބަރުހަތިޔާރާއި އެކު އިންޑިއާ 2000 ސިފައިން ދެން އިންޑިއާ އައުޓް ދިވެހިން ގޮވުން އެއީ ނޭއްގާނީ އަމަލެއް ނަމަ ތަމެން ތިޔާ ތިބީ އަބަހައްދަވެފައޭ އިންޑި