ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު 3 މަހަށް ފަސްކޮށްފި އެވެ. މިކަން ހާމަކުރެއްވީ މިރޭ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ގޮތަށް ނިންމާފައި މިވަނީ, ފުލެޓުތަކުގެ ކުލި ދައްކަން ފަށާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ފުލެޓުތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުން އަޑުއުފުލަމުން ދަނިކޮށެވެ. ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށްޓަކައި, ކުލި ނުނަގައި އިތުރު ތިން މަސްދުވަސް ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ ފްލެޓްގެ ފިނިޝިންގް މަސައްކަތްތައް ނުނިންމައެވެ. މީގެތެރޭގައި ގޭގޭގައި މުށިޖެހުމާއި، ދޮރުތައް ހަރުކުރުމާއި، ކަރަންޓު ސާމާނު ހަރުކުރުންފަދަ މަސަކަތްތައް ހިމެނެއެވެ. ފިނިޝިންގް މަސައްކަތްތައް ނިންމުމަށް ފުރަތަމަ ދިނީ 3 މަސްދުވަހުގެ މުއްދަތެކެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ގިނަ ބަޔަކަށް ފްލެޓްތަކުގެ ފިނިޝިންގ ނުނިންމުމާ ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް އެޗްޑީސީއާއެކު ކުރި މަޝްވަރާތައް ނިމުނީ އެއްވެސް ކޮޅެއްގައި ނުޖެހި އެވެ. އެހެންކަމުން ހިޔާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކުވަނީ ކުލި ކުޑަކޮށް މުއްދަތު އިތުރު ކުރުމަށް ގޮވާލާ ސަރުކާރަށް އަޑުއިއްވުމަށްޓަކައި އިހްތިޖާޖު ކޮށްފަ އެވެ.

ހިޔާ ފްލެޓްގެ ކުއްޔަކީ 6500 ރު