ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި އެވެ.

ބާ ޖަމާލުއްދީނުގައި ރޭ ކުރިއަށް ގެންދިޔަ ގުރުއަތުލުމުގައި، ކެނޑިޑޭޓް ނަންބަރު އެކެއް ލިބުނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އާދަމްއަށް ލިބުނީ ކެނޑިޑޭޓް ނަންބަރު ދޭކެވެ. އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް ލިބުނީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮށްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.

ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3،316 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެ އެވެ