އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގަންނަވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހުމާއި ގުޅިގެންނެވެ.
ވަންގް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ ހަތްވަނަ ދުވަހު އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ނިންމެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ނޮވެމްބަރު މަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރެއްވުމަށްފަހު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ ދެ ގައުމުގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމަށް ހިންގަން ރާވައިފައިވާ ހަރަކާތްތައް ރަސްމީކޮށް ފަށްޓަވައިދެއްވަން ކުރައްވާ ދަތުރުފުޅެކެވެ.
މިއީ އދ ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު ރާއްޖެއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ 6 އިން 9 އަށް ޝާހިދު ވަނީ އދގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އޭގެފަހުން ޝާހިދު ހުންނަވަނީ އދ.ގެ މައި މަރުކަޒު ގާއިމުކޮށްފައިވާ އެމެރިކާގެ ނިއުޔޯކުގަ އެވެ.
ޝާހިދު ވަޑައިގަންނަވާ ތާރީހެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު އައުޓް އިންޑިއާ އައުޓް ފޮރިނޭ ޝާހިދު