އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކޯވިޑް އެލަވަންސް ނުލިބޭ މައްސަލައިގައި އިޖްތިޖާޖު ކޮށްފި އެވެ. އައިޖީއެމްއެޗްގެ ނަރުހުންގެ މި އިހްތިޖާޖު ފެށީ އިއްޔެ އެވެ. ނަމަވެސް މިއަދު ޑޮކްޓަރުންވެސް ވަނީ މި އިހުތިޖާޖުގައި މިއަދު ބައިވެރިވެ އައިޖީއެމްއެޗްގެ އެޗްއާރު އޮފީސް ކުރިމަތީގައި އިހުތިޖާޖުކޮށް، އެލަވަންސް ނުލިބޭ ސަބަބު އޮޅުން ފިލުވައިދިނުމަށް އެދިފަ އެވެ.

އައިޖީއެމްއެޗުގެ އެޗްއާރް އޮފީސް ދޮށަށް 21 ޑޮކްޓަރުންނާއި 64 ނަރުހުން މިއަދު ވަނީ އެއްވެފަ އެވެ. މިމަހުގެ މުސާރަ ޖަމާވިއިރު، ބައެއް ނަރުހުންނަށާއި، ޑޮކްޓަރުންނަށް 70،000 އަށްވުރެ މަތިން އެލަވަންސް ޖަމާވިއިރު، އެއްވެސް އެއްޗެއް ނުލިބޭ ކަމަށް އެފަރާތްތަކުން ހާމަކުރެ އެވެ. މިމައްސަލާގައި އައިޖީއެމްއެޗުން ބުނެފައިވަނީ އެލަވަންސް ނުލިބުނު ފަރާތްތަކަށް އެލަވެންސް ނުލިބުނީ ބަނޑޭރި ޕޯޓަލްއަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ނުފޮނުވާ ހުރުމުން ދިމާވި ކަމެއް ކަމަށް އޭރު ޖަވާބު ދިންކަމަށެވެ.

ފްރޮންޓްލައިން އެލަވަންސް ނުދީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު މުވައްޒަފުންނަށް އެންމެ ފަހުން އެލަވަންސް ދިނީ މި އަހަރުގެ އޭޕްރީލް މަހު އެވެ. އެފަހަރު އެލަވަންސް ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށްވެސް މުވައްޒަފުން ބުނެ އެވެ.