އިންސާފުގެ ނަމުގައި ސިޔާސީ ބަދަލުހިފުން ހުއްޓާލަން ޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ ވ. އާރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑާކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ޑރ. ޖަމީލް ވިދާޅުވީ ތަކުރާރުކޮށް ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ދައުވާތައް އުފުލަމުން ދާތީ ކަންބޮޑުވާ ކަމަށެވެ. އަދި ފާއިތުވެދިޔަ ތިން އަހަރު މިސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ރައީސް ޔާމީނަށް ދައުވާ އުފުލައި، އެމަނިކުފާނަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ތަކުރާރުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާ ނުހައްގު ދައުވާތަކާމެދު ކަންބޮޑުވޭ. މިދިޔަ ތިން އަހަރު އިންސާފް ގާއިމްކުރަނީއޭ ބުނެ މިނޫން ކަމެއް ކުރެވިއްޖެތޯ؟ އިންސާފްގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ. މިފަދަ ޢަމަލުތައް ދުނިޔެ ދެކެނީ އުތުރު ކޮރެއާއާ އެއްގޮތަށް،" ޑރ. ޖަމީލު ވިދާޅުވި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ދައުވާކުރަނީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މަނިކުފާނުގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
ރައީސް ޔާމީނުގެ މައްޗަށް ގއ. ވޮޑަމުއްލާ ކުއްޔަށް ދީގެން ލިބުނު ފައިސާ ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ދައުވާ ސާބިތުވާކަމަށް 2019 ވަނަ އަހަރު ކުރިމިނަލް ކޯޓުން ކަނޑައަޅައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވަނީ ބާތިލުކޮށްފަ އެވެ. އެ ހުކުމް ބާތިލުކުރިއިރު އިތުރު ދެ މައްސަލައެއްގައި ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް