ރާއްޖެ އާއި ޗައިނާއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ ތެރޭގައި ޗައިނާ އަށް ދާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމާއި ރާއްޖެއަށް ހިލޭ އެހީ ދިނުމާއި ޗައިނާގެ އެހީއަކާއެކު އެޅި ސިނަމާލެ ބްރިޖު ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމަކާއި ބޯފެން ފޯރުކޮށްދިނުމަށާއި ސިއްހީ ދާއިރާ އިން އެހީވުމާ ގުޅޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަސްވަރާ ކުރައްވާނެ އެވެ.

ޗައިނާއާ އެކު ރާއްޖެ އިން ހާރިޖީ ގުޅުން ގާއިމުކުރިތާ މި އަހަރު 50 އަހަރު ފުރޭނެ އެވެ. އެކަން ފާހަގަ ކުރުމަށް ބޭނުންކުރާނެ ލޯގޯ ވެސް މިއަދު ވަނީ އިފްތިތާހުކޮށްފަ އެވެ.

ރައީސް ސޯލިހު ވެރިކަމާއި ހަވާލުވި ފަހު ޗައިނާ އާއި ރާއްޖެ އާ ދެމެދު ގުޅުން ކުރިއަށްވުރެން ވަނީ ހީނަރުވެފަ އެވެ.

ކުރީ ސަރުކާރުން ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރުގަދަކޮށް ޗައިނާގެ ލޯނާއި ހިލޭ އެހީގައި ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގި އެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އިންޑިއާ ގިނަ އެހީތައް ދީފައި ވަނީ އިންޑިއާއިންނެވެ.