އިންޑިޔާގެ އިތުރުން އަވަށްޓެރި އެކި ގައުމުތަކުގެ ރީތި އަންހެނުން، މަސައްކަތްކުރާ ބޮލީވުޑްގައި ވެސް އެންމެ ހުތުރު ބަތަލާއިންގެ ލިސްޓެއް އާންމުކޮށްފައިވެ އެވެ.

މި ލިސްޓުގެ ތެރޭގައި ގިނަ ފަންނާނުންނެއް ހިމެނޭއިރު، ލިސްޓުގައިވާ ގިނަ ފަންނާނުންނަކީ އެމީހުންގެ ގުދުރަތީ ރީތިކަން، ސާޖަރީތަކުގެ ޒަރިއްޔާއިން ނަގާލި މީހުންނެވެ.

މިގޮތުން ލިސްޓުގެ އެއްވަނައިގައި ވަނީ ސޯފިއާ ހަޔާތް އެވެ. އޭނާ އަކީ ބޮލީވުޑްގެ ބައެއް ލަވަތައް ކިޔައި އެކްޓުކޮށް، މޮޑެލިންގެ ދާއިރާގައި ހަރަކާތްތެރިވި ފަންނާނެކެވެ.

https://www.instagram.com/p/CWI3xnUMJ8X/

ލިސްޓުގެ ދެވަނައިގައި ވަނީ ރާކީ ސާވަން އެވެ. ރާކީ ސާވަންއަކީ މީގެ އަހަރުތަކެއް ކުރިން ނެރުނު އަލްބަމް ލަވަތަކުން ވިދާލި ފަންނާނެކެވެ. އޭނާގެ ރިތިކަމާއި ނެށުމަށް ގިނަ ބައެއްގެ ތައުރީފު ލިބުނު ނަމަވެސް ރާކީ ވަނީ ފަހުން އޭނާގެ މޫނާއި ހަށިގަނޑުގެ ބައެއް ތަންތަނުގެ ސާޖަރީ ހަދާފަ އެވެ. އަދި ފޭނުންނަށް އޭނާގެ ސާޖަރީގެ ނަތީޖާ ކަމުނުދާއިރު، ރާކީގެ އުޅުމާއި މިޒާޖުގެ ސަބަބުން އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

https://www.instagram.com/p/CXGS9z4tfS6/

ލިސްޓުގެ ތިންވަނައިގައި ވަނީ ކޮއެނާ މިތްރާ އެވެ. ކޮއެނާއަކީވެސް އޭނާގެ ރީތިކަމަށް ގިނަ ބައެއްގެ ތައުރީފު ލިބުނު ފަންނާނެކެވެ. އޭނާގެ ބޮލީވުޑްގެ ކެރިއަރު އެއްކޮށް ފެއިލްވީ، އިތުރަށް ރީތިވުމަށް ހެދި ސާޖަރީ ގޯސްވުމުންނެވެ.

https://www.instagram.com/p/CKlFHMNJehS/

ލިސްޓުގެ ހަތަރުވަނައިގައި ވަނީ ވީނާ މަލިކް އެވެ. ވީނާ އަކީ ބޮލީވުޑްގައި މަސައްކަތްކުރި ޕާކިސްތާރުނުގެ އެކްޓަރެކެވެ. އޭނާ އަކީ އޭނާގެ ބަރަހަނާ ފޮޓޯ އާންމުވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނު ފަންނާނެކެވެ.

https://www.instagram.com/p/CWAcv3LhbWl/

ލިސްޓުގެ ފަސްވަނައިގައި ވަނީ ޕޫނަމް ޕާންޑޭ އެވެ. އޭނާ އަކީ މޮޑެލިންގެ ދާއިރާގައި މަސައްކަތްކޮށް އެކްޓުކުރުމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވި ފަންނާނެކެވެ. ޕޫނަމް އެންމެ ފުރަތަމަ ކުޅުނީ "ނަޝާ" ނަމަކަށް ކިޔާ ފިލްމެކެވެ.

ޕޫނަމް ޕާންޑޭ. ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

ލިސްޓުގެ ހަވަނައިގައި އާންމުން ފާހަގަކޮށްފައިވާ ފަންނާނަކީ ތަނިޝާ މުކަރްޖީ އެވެ.

ތަނީޝާ އަކީ މަޝްހޫރު ބަތަލާކަމަށްވާ ކާޖަލްގެ އަންހެން ކޮއްކޮ އެވެ. ތަނީޝާ ބޮލީވުޑްގައި އެންމެ ފުރަތަމަ އެކްޓުކުރީ 'ނީލް އެންޑް ނިކީ' ނަމަކަށް ކިޔާ ފިލްމަކަށްށެވެ.

ތަނީޝާ މުކަރްޖީ. ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

ލިސްޓުގެ ހަތްވަނައިގައި ވަނީ މުގްދާ ގޯޑްސޭ އެވެ. މުގްދާ އަކީ އެންމެ ފުރަތަމަ މޮޑެލިންގެ ކެރިއަރުގައި ހަރަކާތްތެރިވި ފަންނާނެކެވެ. އެއަށްފަހު އޭނާ ވަނީ ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.

https://www.instagram.com/p/CT9OiumqSOK/