މުޅި ރާއްޖެއިން މިއަދު ކޮވިޑަށް 400 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު ޓެސްޓްކުރި 4،197 ސާމްޕަލްގެ ތެރެއިން 454 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 192 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 165 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،511 މީހުންނެވެ. މިހާތަނަށް 94،404 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 21 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 264 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރު ވެގެން ގޮސްފައިވާއިރު މާލެ ސަރަހައްދުން ދަތުރު ކުރާއިރު އިއްޔެއިން ފެށިގެން ޕީސީއާރު ނެގެޓިވް ނަތީޖާއެއް ބޭނުންވާ ގޮތަށް އުސޫލެއް ވަނީ އެކުލަވާލާފަ އެވެ.