ފާއިތުވި ދުވަސްތަކުގައި ގިނަ ނޫސްތަކެއްގައި ވިދާލީ ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ކެޓްރިނާ ކެއިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކަތަކެވެ.

އެހެންނަމަވެސް މިހާރަކަށް އައިސް އެދެފަންނާނުންގެ ފޭނުންނަށް ހައިރާންކަމެއް ގެނުވަނީ، ކައިވެންޏަށް ފަހުގައި ވިކީއަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ.

މިގޮތުން ވިކީ، އޭނާގެ އިންސްޓަގްރާމް ޕޭޖުގައި އާންމުކުރި ވިޑިއޯ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.

ވިކީ އާންމުކުރި ވީޑިއޯގައި، ދަނުޝް އާއި ޕައްލަވީގެ 'ރައުޑީ ބޭބީ' ލަވައަށް ނަޝާ މަންޒަރު ފެނިގެންދެ އެވެ. އަދި އެ ވީޑިއޯގައި ވިކީ ވަރަށް އުފަލުން އުޅޭ މަންޒަރުވެސް ފެނިގެންދެ އެވެ.

ވިކީ އާއި ކެޓްރީނާގެ ފޭނުން މިކަން ސިފަކޮށްފައިވަނީ، އެއީ ވިކީ ކެޓްރީނާ އާއި ކައިވެނިކުރުމުގެ ސަބަބުން އެކަމުގެ އަސަރުކޮށްފައިކަމަށެވެ.

https://www.instagram.com/p/CYi9bNNAfBh/

ކެޓްރީނާއާއި ވިކީ ކައިވެނިކުރީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގަ އެވެ. ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން މި ދެ ފަންނާނުންގެ ކައިވެނި ހަފްލާ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަމަހުގެ 10 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

ވިކީ އާއި ކެޓްރީނާ ވަނީ އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކައިވެނީގެ ހަފްލާގެ ފޮޓޯތައް މިހާރު އާންމުކޮށްފަ އެވެ.