ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްއަށް ދާއިރާގެ ފޯކައިދޫން ބޮޑު ތަރުހީބެއް ދައްކާލައިފި އެވެ. ފޯކައިދޫއަކީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ނިސްބަތްވާ ރަށެވެ.

އިއްޔެ ހަވީރު ފަތުހީ ފޯކައިދުއަށް ދިޔައިރު އެރަށްވަނީ ފިޔާތޮށި ކުލައިން ޒީނަތްތެރި ކޮށްފަ އެވެ. އަދި ޕީޕީއެމްގެ ދިދަ ހިފައިގެން ތިބި އެތައް ބަޔަކުވަނީ ފަތުހީއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ މި ބައި އިލެކްޝާންގެ ފޯރި މިހާރުވަނީ ވަރަށް ގަދަވެފައެވެ،

މި ބައި އިލެކްޝަންގައި އެމްއެންޕީގެ ކެންޑިޑޭޓެއްވެސް ވާދަކުރެ އެވެ.