ބަނޑުގައި ވައި އުފެދުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. ގިނަ ފަހަރަށް ވައިގެ މައްސަލަ ދިމާވަނީ ރަނގަޅަށް ނުހަފައި ކާ އެއްޗެހި ދިރުވުމާއި، މާ ކުޅިކޮށް ކެއުމާއި، ގޭސް އުފެދޭ ކަހަލަ ކާނާ ގިނައިން ބޭނުން ކުރުމާއި، މާ ބޮޑަށް ހާސްވުމާއި އިންފެކްޝަން ކަހަލަ ކަންކަމުގެ ސަބަބުންނެވެ. މިކަމަަށް ގޭގައި ވެސް ފަރުވާ ކުރެވިދާނެ އެވެ.

ފޮނިތޮށި

ގޭހުގެ މައްސަލަ ދިމާވާނަމަ ހޫނު ކިރުތަށްޓަކަށް، ހިމުންކޮށްފައި ހުރި 1/2 ސައިސަމުސާ ފޮނިތޮށި އަޅައި ރަނގަޅަށް ގިރާލުމަށް ފަހު ބުއިމުން، ގޭސް އުފެދުމުން ދުރުކޮށްދެ އެވެ.

އިނގުރު

އިނގުރަކީ ހަޖަމު ކުރުމަށް އެހީވެދޭ އަދި ގޭހުގެ މައްސަލަ ވެސް ހައްލުކޮށްދޭ އެއްޗެކެވެ. ކޮންމެ ދުވަހަކު އިނގުރު ސައި ބުއިމަކީ ގޭސް އުފެދުމުން ދުރުކޮށްދޭ ކަމެކެވެ.

ބޭކިން ޕައުޑަރު

ބޭކިން ޕައުޑަރަކީ އެންމެ އަވަހަށް ގޭސްޓްރިކް މައްސަލަ ހައްލު ކޮށްދޭ އެއްޗެވެ. ފެން ތަށްޓަކަށް 1/4 ސައިސަމުސާ ބޭކިން ޕައުޑަރު އަޅައި ގިރާލުމަށްފަހު ބޯލާށެވެ.

ލޮނުމެދު

ގޭސްޓްރިކް ވުމުން ލޮނުމެދު ސޫޕް އެއް ބުއިމަކީ ވަރަށް އަވަހަށް ގޭހުގެ މައްސަލަ ރަނގަޅުވާ ކަމެކެވެ. ނޫން ނަމަ ލޮނުމެދު ބޮނޑި އެއް ފިހެލުމަށް ފަހު، ތޮށި ނޮޅައިގެން ކާލުމަކީ ވެސް ވަރަށް ފައިދާ ހުރި ކަމެކެވެ.