1،130 ސާމްޕަލް އިން ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 26 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 21 މީހުންނެވެ. މިއާއެކު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 11،822 އަށް އިތުރުވެފަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން 10،991 މީހުން ބަލިން ރަނގަޅުވިއިރު، 52 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަގެންދެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ބަލީގައި މިހާރު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ 786 އަށް ދަށްވެފަ އެވެ. އަދި އައިސޮލޭޝަންގައި 185 މީހުން ބައިތިއްބާފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން 38 މީހުން މަރުވެފައިވެ އެވެ.