ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ރޭ ކޮލަމްބިއާ އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެ، ސްވިޓްޒަލޭންޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. މިއީ 72 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ ކުުއާޓާ ފައިނަލަށް ސްވިޓްޒަލޭންޑް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އަދި އިތުރު ވަގުތުގެ ކުޅުން ހަމަވިއިރު ވެސް ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނެލްޓީ ޝޫޓްއައުޓްގައި ސްވިޓްޒަލޭންޑްގެ ގޯލްކީޕަރު ގްރެގާ ކޯބެލް ވަނީ ކޮލަމްބިއާގެ ކޫޗޯ ހޭނާްންޑޭޒްގެ މުހިންމު ޕެނަލްޓީ ދިފާއުކޮށްފަ އެވެ. ސްވިޓްޒަލޭންޑް މޮޅުވި ޕެނަލްޓީ ޖެހީ ފޯވަޑް ރުބޭން ވާގާސް އެވެ.
މިއީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު، ސްވިޓްޒަލޭންޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްވިޓްޒަލޭންޑާ ދެކޮޅަށް ނުކުންނާނީ އާޖެންޓީނާ އެވެ.
ފަރާޖް، ޕާލިމެންޓުން އިސްތިއުފާދެއްވައިފި
ދިލްޖީތުގެ "ސަތުލުޖް"ގެ މައްސަލަ ގޯސްވެ "ބޭން" ކޮށްފި