ކޮވިޑް-19 އަށް ފަރުވާހޯދަމުން ދަނިކޮށް ދެ މީހަކު ނިޔާވެއްޖެ އެވެ.

މިއަދު ނިޔާވި މި ދެ މީހުންނަކީ ވެސް ލ. އަތޮޅު ފޮނަދޫގެ އުމުރުން ދުވަސްވީ ދެ މީހުންނެވެ.

އެންމެ ފުރަތަމަ ނިޔާވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާހޯދަމުން ގެންދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ.

އޭގެ އިތުރުން ދެވަނައަށް ނިޔާވި މީހާއަކީ ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ގެންދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިބަލީގައި އެންމެ ފަހުން ރާއްޖެއިން ނިޔާވެފައި ވަނީ ގއ. މާމެންދޫގެ 25 އަހަރުގެ އަންހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 268 އަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް 108،732 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 98،880 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި ބަލީގައި 43 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.