ވިދްޔާ ބާލަންގެ ފަހުގެ ފޮޓޯ ޝޫޓުގައި އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލު ފެނި ގިނަ ބަޔަކު ތައުރީފް ކޮށްފި އެވެ.
އުމުރުން 46 އަހަރުގެ ވިދްޔާ ބާލަން ހަށިގަނޑު ހިއްކުމަށް މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ކުރިން މީޑިއާތަކަށް ދިން އިންޓަވިއެއްގައި ބުނެފައިވެ އެވެ
ޕީކޮކް މެގަޒިންއަށް ނަގާފައިވާ ފޮޓޯތަކުގައި ވިދްޔާގެ ސްޓައިލަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު އޭނާގެ ހެއާ ސްޓައިލަށް ވެސް ގިނަބައެއްގެ ސަމާލުކަން ހުއްޓުނެވެ.
ވިދްޔާގެ ހަށިގަނޑު ވެސް ވަރަށް ބޮޑަށް ހިއްކާލާފައިވާއިރު، އޭނާގެ ހެދުން އެޅުމާއި ސްޓައިލަށް ގިނަ ބަޔަކު ތައުރީފް ކޮށްފައިވެ އެވެ. ބައެއް މީހުން ވަނީ މިހާރު އުޅޭ ފިލްމީ ތަރިން ވިދްޔާ ގާތުން ސްޓައިލް ދަސްކުރުމަށް ވެސް ގޮވާލާފަ އެވެ.
ވިދްޔާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ބޫލްބުލައްޔާ 3 އިންނެވެ. އެ ފިލްމު ވެގެންދިޔައީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށެވެ.