ކޮވިޑް-19 އަށް ފަރުވާހޯދަމުން ދިޔަ އިތުރު ދެ މީހަކު ނިޔާވެއްޖެ އެވެ.

އެންމެ ފުރަތަމަ ނިޔާވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާހޯދަމުން ގެންދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. ދެވަނައަށް މިއަދު ނިޔާވީ ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ގެންދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އައްޑޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާހޯދަމުން ގެންދިޔަ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މިއަދުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

އެއަށްފަހު ލ. ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 84 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މިއަދު މެންދުރު 1:47 ހާއިރު ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މިއާއެކު މިއަދު ކޮވިޑުޖެހިގެން ނިޔާވި މީހުންގެ އަދަދަކީ ހަތަރެކެވެ. އަދި ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 269 އަށް އަރާފަ އެވެ.