ފާގައަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވަރަށް ފަސޭހައިން ހެދޭ ތަރުކާރީގެ ބާވަތެކެވެ. ފާގައިން މަޑު ހިތި ރަހައެއް ދޭއިރު، އޭގެ ތަފާތު ވައްތަރުތައް ހުރެ އެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފާގައަކީ ހަށިގަނޑަށް ފައިދާހުރި އަދި ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ހިމެނުން މުހިއްމު މޭވާއެކެވެ.

ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭ

ފާގައިގައި ގިނަ އަދަދަކަށް "ޕޮލީޕެޕްޓައިޑް ޕީ" ހުރެއެވެ. މިއީ ގަސްގަހާ ގެހިން އުފައްދާ "އިންސިއުލިން"ގެ ބާވަތެކެވެ. މިއީ ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. ފާގައިގައި ހަކުރު ދަށްކޮށްދޭ މާއްދާއެއް ކަމަށް ސައިންސްވެރިންނާއި ޑޮކްޓަރުން ކަނޑައަޅުއްވާފައިވާ މާއްދާއެއް ކަމުގައިވާ "ޗެރެންޓިން" ވެސް އެކުލެވިގެންވެ އެވެ.

ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭ

ފާގައިގައި ބާރުގަދަ އެންޓި އޮކްސިޑެންޓްގެ ގޮތުގައި ގުނާލެވޭ ގިނަ މާއްދާތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ވިޓަމިން އޭ، ވިޓަމިން ސީ ، އަލްފާ ކެރޮޓީން، އަދި ބީޓާ ކެރޮޓީން ފާގައިގައި ހުރެ އެވެ. މީގެ އިތުރުން "ލޫޓީން" އަދި "ޒިއެޒެންތިން" އަކީ ވެސް ފާގައިގައި ގިނަ އަދަދަކަށް އެކުލެވީ މާއްދާ ތަކެކެވެ. މިމާއްދާތަކުގެ ސަބަބުން ކެންސަރު ޖެހުމަށް މެދުވެރިވާ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށް ދެ އެވެ.

ހަށިގަނޑުގައި ވަރު ޖައްސައިދޭ

ފާގައަކީ ގިނަ އަދަަކަށް ހަށިގަނޑަށް ހަކަތަ ލިބޭ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ފާގައިގެ މިންވަރެއް ހިމަނާލުމުން ހަށިގަނޑުގައި ވަރުޖެހި ކަންނެތްކަން ހަށިގަނޑުން ފިލުވާލަދެ އެވެ.