ކިވީ ފުރުޓްއަކީ ހުތް ފޮނި އަނގަޔަށް މީރު އަދި ވިޓަމިންސް އާއި މިނަރަސްގެ މާއްދާތަކުން މުއްސަނދި ވެފައިވާ މޭވާ އެކެވެ. ރާއްޖޭގައި އާއްމުކޮށް ކިވީ ނުހެއްދި ނަމަވެސް އެއޭ ރާއްޖޭގެ ބާޒާރު މަތިން ފަސޭހަ ކަމާއި އެކު ލިބެން ހުންނަ ސިއްހަތަށް ފައިދާހުރި މޭވާއެ ކެވެ.

މާޔޫސްކަން ދުރުކޮށްދޭ

ކިވީގައި އައިނޯސިޓޯލް ކިޔާ މާއްދާއެއް އެކުލެވިގެންވެ އެވެ. މި މާއްދާއަކީ ހަށިގަނޑުގެ އެތެރޭގެ ސެލްތަކުގެ ދެމެދުގައި މެސެޖްތައް ބަދަލުކޮށްދޭ މަސައްކަތުގައި އެހީވެދޭ މާއްދާ އެކެވެ. ދުނިޔޭގެ ތަޖުރިބާކާރު ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި މާއްދާގެ ސަބަބުން މާޔޫސްވުން ފަދަ މައްސަލަތަކަށް ހައްލެއް ލިބިގެންދެ އެވެ.

ކެންސަރުން ދުރު ކޮށްދޭ

ކިވީގައި "ގުލުޓަތިއޯން" ކިޔާ މާއްދާއެއް އެކުލެވިގެންވެ އެވެ. އެއީ ކެންސަރު ޖެހުމުން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ. އަދި އޭގައި ތަބީއީ އެންޓި އޮކްސިޑެންޓްތައްވެސް ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ. މީގެ އިތުރުން ކިވީގައި ފުއްޕާމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިކޮށްދޭ މުހިއްމު ފައިޓޯކެމިކަލް އެއް ކަމުގައިވާ "ލޫޓީން" ގިނަ އަދަދަކަށް ހިމެނެ އެވެ.

ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ކިވީ އަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. ހަމައެއާއެކު ގިނަ އަދަދަކަށް އެމިނޯ އެސިޑް އެކުލެވިގެންވާ ކެއުމެއް ވެސްމެ އެވެ. މީގެ އިތުރުން ކިވީގައި މެގްނީޒިއަމްވެސް އެކުލެވިގެންވެއެވެ. މި މާއްދާތަކަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާ ތަކެކެވެ.