މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 15 އަށް ތިރިވެެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ނެގި 1،281 ސާމްޕަލްގެ ތެރެއިން 15 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވްވިއިރު އެހެން ރަށްރަށުން 15 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އަލަށް ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި 15 ބިދޭސީން ހިމެނެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު މިއަދު ވަނީ 50 އަށް ތިރިވެފަ އެވެ. އެ ބަލިން މިއަދު ވަނީ 25 މީހަކު ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައި މިވަގުތު ތިބީ 845 މީހުންނެވެ. އަދި މިބަލިން ރަނގަޅުވި އަދަދު ވަނީ 11،066 އަށް އިތުރުވެފަ އެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން 39 މީހަކު މަރުވެފައިވެ އެވެ.