ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދު 12،000 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ކޮވިޑަށް ޕޮޒިޓިވްވި 23 މީހުންނާއެކު ޖުމްލަ އަދަދު ވަނީ 12،009 އަށް އަރައިފަ އެވެ.

އެ އެޖެންސީ ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި ތިން ބިދޭސީންނެވެ. އަދި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 21 މީހެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 23 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 11،032 އަށް އިތުރުވެފަ އެވެ. މިބަލީގައި މިހާތަނަށް 40 މީހުން ވަނީ މަރުވެފަ އެވެ. އެއީ 32 ދިވެހިންނާއި، 8 ބިދޭސީންނެވެ.