ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ އިސްވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
މެމްބަރު ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، އޭނާގެ ޕާސްޕޯޓު ހިފޭއްޓުމަށް ސިވިލް ކޯޓުން އަމުރު ނެރުނީ ނ. އަތޮޅުގައި ހިންގަމުން ގެންދާ އިރުފުށި، ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލައާ ގުޅިގެންނެވެ.
އިރުފުށި ރިސޯޓު ހިންގުމަށް ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްއިން ބާތިލުކުރީ މީގެ އަހަރުތަކެއް ކުރިން 2013 ވަނަ އަހަރުގަ އެވެ.
އެ އެއްބަސްވުން ބާތިލުކޮށްފައިވާއިރު، އެ މައްސަލައިގައި ސަން ޓްރެވެލް އިން ހިލްޓަންއަށް ދައްކަން ޖެހޭ 28 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުދެއްކި އެބައޮތެވެ. މި މައްސަލައާ ގުޅިގެން މެމްބަރު ޝިޔާމްގެ އިތުރުން އޭނާގެ އަންހެނުން އައިޝަތު ފާއިޒްގެ ޕާސްޕޯޓު ހިފަހައްޓަން ވެސް އަމުރު ނެރިފައިވާކަމަށް މައުލޫމާތުލިބިފައިވެ އެވެ. އޭނާގެ އަންހެނުންގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުނެރިފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުގަ އެވެ.
މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ވަނީ ސަން ޓްރެވެލް ކުންފުނީގެ ބެންކް އެކައުންޓްތައް ފްރީޒްކުރަންވެސް އަމުރެއް ނެރެފަ އެވެ.
ރޯޑް ރޭސްގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ދިރާގުން އިނާމު ދީފި
ހެލްތު އެކްސްޕޯގައި ޓްރީޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ
ސިވިލް ސާވަންޓުން ކޮފީގައި ގިނަ ވަގުތު ހޭދަކުރުން ހުއްޓުވަން ޖެހޭ
