ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ސަރުކާރަށް ގެއްލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ތިން ބޭފުޅަކު ސަރުކާރުގެ އިސް މަގާމުތަކުން ވަކިކުރައްވައިފި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މަގާމުން ވަކިކުރައްވާފައި ވަނީ މުލިއާގޭ ޗީފް އޮފް ސްޓާފް އިގްބާލް އާދަމާއި، ހިލާލީގޭ ޗީފް އޮފް ސްޓާފް ސްޓޭޓް މިނިސްޓަރު މުހައްމަދު ވަހީދުގެ އިތުރުން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ހަނީފު އެވެ. މީގެ ތެރެއިން އިގްބާލަކީ މިނިސްޓަރު ފެންވަރުގައި އެ މަގާމަށް އައްޔަނުކުރައްވާފައިވާ ބޭފުޅެކެވެ.
މި ތިން ބޭފުޅުންނަކީ ވެސް ރައީސް މުއިއްޒާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުންނެވެ.
މި ބޭފުޅުން މަގާމުތަކުން ވަކިކުރެއްވި ކަން ކަށަވަރުކޮށް، އެ ކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ، މި ކަމުގައި ސަރުކާރުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ވަށަފަރު ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެކެވެ. ރައީސް މުއިއްޒުގެ އުފަން ރަށް ކަމަށްވާ ވަށަފަރުން ޕީއެންސީގެ މައްޗަށް ކުރި ހޯދުމުން އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވެސް ވަނީ އެކަމަށްޓަކައި މަރުހަބާ ދަންނަވައިފަ އެވެ.
"ޕީއެންސީގެ ކެންޑިޑޭޓުގެ މައްޗަށް، އެމްޑީޕީއާ އެކު މަސައްކަތް ކުރައްވާ ކުރި ހޯއްދަވާ، ވަށަފަރު ޑަބްލިއުޑީސީގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި ރިޝްމާ އާދަމްއަށް މަރުހަބާ ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.
ޔޫއެސް އެއާފޯސްގެ މައި ކްލައުޑް ޕްލެޓްފޯމަށް ސައިބާ ހަމަލާއެއް
ފައްޔާޒުގެ ޓީމުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފި
ޒާންގްޖިއާޖިއޭ ނޭޝަނަލް ފޮރެސްޓް ޕާކް: ހުވަފެނީ ދުނިޔެއެއް!