ސަރުކާރުން ޚަރަދުކޮށްގެން ރަށްރަށުން ހިއްކާފައިވާ ބިންތަކުން ގޯތި ދޫކުރުމަށްފަހު، ބިން ވިއްކަން އާއްމުކޮށް މުޅި ރާއްޖެއަށް ހުޅުވާލަން ނިންމައިފި އެވެ.
އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ނޫސްވެރިންނަށް ދެއްވި ޕްރެޒެންޓޭޝަނެއްގައި އަމީރު ވިދާޅުވީ ދިވެހިންނަށް ބިން ވިއްކައިގެން އަންނަ އަހަރު ދައުލަތަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާ ކަމަށެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގައި ހިއްކާފައިވާ ބިމެއް ގަންނަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކުރިމަތިލެވޭނެ. އަޅުގަނޑުމެން ރަށެއްގެ ބިން ވިއްކަނީ ދިވެހި ހުރިހާ ޓެކްސް ޕޭޔަރުންގެ ފައިސާ ހަރަދުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ސަރުކާރުން ޚަރަދުކޮށްގެން ހިއްކާ ރަށްރަށުން ބިން ވިއްކަން އާއްމުކޮށް މުޅި ރާއްޖެއަށް ހުޅުވާލަން ނިންމާފައިވަނީ އެ ރަށެއްގެ މީހުންނަށް ގޯތި ހިލޭ ދިނުމަށްފަހު ކަމަށެވެ. އެގޮތުން ބިން ވިއްކާނީ ގޯތި ދިނުމަށް ފަހު ބާކީވާ ސަރަހައްދުން 30 ޕަސެންޓް ބިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އިންސިޑިއަސް"ގެ އެންމެ ފަހުގެ ފިލްމުން ހިތް ބިރު ގަންނާނެ!
ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ރަށަކީ ރަސްމާލެ: މިނިސްޓްރީ
އެޕާޓްމެންޓްތަކުގެ ކުލި ޑޮލަރުން ދައްކަން އެންގުން އާންމުވަނީ
