ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ކެފޭ އާއި ފާމަސީ ހިދުމަތް ދިނުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
ހުޅުމާލެ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނި ކަމަށްވާ ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ސަރަހައްދުގައި ދެ ކެފޭއަކާއި ފާމަސީއެއްގެ އިތުރުން އަންނައުނު ވިއްކާ ފިހާރައެއް ހެދުމަށް މިއަދު ހަވާލު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ކެފޭގެ މަސައްކަތް ހަވާލު ކުރީ ވައިޓް ވުޑް އިންވެސްޓްމަންޓާއި ގްރީންފްލައިއާ އެވެ.
ފާމަސީ ހަދަން އޭޑީ ފާމަސޫޓިކަލްސްއާ ހަވާލު ކޮށްފައި ވާއިރު، އަންނައުނު ވިއްކާ ފިހާރައިގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އޮސްޓްރާވާ ޕްރައިވެޓްލިމިޓެޑާ އެވެ.
ހިޔާ ފްލެޓްތައް ސަރަހައްދުގައި އިޖުތިމާއީ ބޭނުންތަކަށް ހިދުމަތްދޭ ތަންތަން ހަދަން ހަމަޖެހިފައި ވަނީ ގްރައުންޑް ފްލޯގަ އެވެ.
ހިޔާ ފްލެޓުގައި މިވަގުތު ތިން ފިހާރައަކާއި ސެލޫނެއްގެ ހިދުމަތް ދެމުންދެ އެވެ. މީގެ އިތުރުން ޓިއުޝަން ކްލާހާއި ޤުރުއާން ކުލާހުގެ އިތުރުން ޕާކު ހެދުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.
މިދިޔަ ހަފްތާގައިވެސް އެޗްޑީސީން ވަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަސް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިމު ހަމަޖެއްސުމަށް 5 ބަޔަކާއިއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެޗްޑީސީން މިދިޔަ ހަފްތާގައި ސޮއިކޮށްފައިވަނީ ޑައިންމޯ، މޭނާ ކޭޓަރިން، މަލަސް، މީޑިއާނެޓް އަދި އައިޖީއެޗާއި އެކުގަ އެވެ.
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ބާރު ރައީސަށް ދޭތީ ކަންބޮޑުވުން
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި