އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ތިބި ސިޔާސީ ޕާޓީތަކުގެ ތެރެއިން ގާނޫނުގައި ބުނެފައިވާ އަދަދަށް މެންބަރުން ހަމަޔަށް ތިބި ޕާޓީތަކަށް ފައިސާ ދޫކުރާނެ އަދަދެއް ކަނޑައަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ދައުލަތުގެ ބަޖެޓް މިއަހަރަށް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ ހަތަރު ޕާޓީއެއްގައި ކަމަށެވެ. އެއީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ މި ހަތަރު ޕާޓީއަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ އަދަދު ވެސް ކަނޑައަޅާފަ އެވެ.

ހަތަރު ސިޔާސީ ޕާޓީއަކަށް ދޫކުރާ ފައިސާތަކުގެ އަދަދު:

  1. އެމްޑީޕީ، 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ
  2. ޕީޕީއެމް، 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ
  3. ޖޭޕީ، 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ
  4. އަދާލަތު ޕާޓީ، 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.

ދައުލަތުގެ ބަޖެޓުން ފާއިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ.