މާލެ ސަރަހައްދުގެ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އިން ދަށަށް ހިނގައްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 325 މީހުންނެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 279 މީހުން ހިމެނެ އެވެ. މީގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 13 މީހުނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 173،991 އަރާފަ އެވެ.

މިވަގުތު 14،294 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު، އޭގެ ތެރެއިން 4 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި 159،387 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މި ބަލީގައި 297 މީހަކު ވަނީ ނިޔާވެފަ އެވެ.