ކޮތަނބިރި ފަތަކީ މިހާރަކަށް އައިސް އާންމުކޮށް ދިވެހިން ކެއުމުގައި ހިމަނާ ފަތެކެވެ. އެއީ ހަށިގަނޑަށް އެތައް ގޮތަކުން ފައިދާ ހުރި ފަތެކެވެ.
އެގޮތުން ކޮތަނބިރިއަކީ ހަކުރު ބަލީގެ މައްސަލަތަކަށް ވަރަށް ރަނގަޅު ފަރުވާއަކަށް ވާއިރު ކޮތަނބިރި ފަތުން މީހާގެ މެޓަބޮލިޒަމް އިތުރުކޮށްދޭ ކަމަށްވެ ސް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ.
މީގެ އިތުރުންވެސް ކޮތަނބިރި ފަތަކީ އަކީ ހަށިގަނޑުގައި ކާއެއްޗިހި ހަޖަމްކުރާ ނިޒާމަށް ކުރިމަތިވާ މައްސަލަތައް ފަސޭހަ ކޮށްދޭ އެއްޗެކެވެ. ދިރާސާކުރާ ފަރާތްތަކުން ވަނީ ކޮތަނބިރި އަކީ އެންޓިސްޕާސްމޮޑިކް ބޭސްތަކާ އެއްގޮތަށް މަސައްކަތްކުރާ ފަތެއް ކަމަށް ބުނެފަ އެވެ.
ކާނާ ވިހަ ވުމުގެ މައްސަލަތަކަށްވެސް ކޮތަނބިރި ފަތުން އެހީތެރި ވެދޭއިރު މި ފަތް ހިމެނޭ ކެއުންތައް ކެއުމުން ކާނާ ވިހަ ވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން ވެސް ކޮލެސްޓްރޯލް ލެވެލް ރަނގަޅުކޮށްދީ ކުޑަކަމުދާ ނިޒާމަށް ދިމާވާ އިންފެކްޝަންގެ މައްސަލަތަކަށްވެސް ކޮތަނބިރި ފަތަކީ ވަރަށް ރަނގަޅު އެއްޗެކެވެ.
ކޮތަނބިރިއަކީ އަންހެނުންނަށް ދިމާވާ މައްސަރުގެ މައްސަލަތަކަށްވެސް ވަރަށް ރަނގަޅު ފަރުވާއެއް ކަމަށް ސައިސްވެރިން ބުނާއިރު ބައެއް ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެއީ ކޮލޯން ކެންސަރަށްވެސް އެހީތެރިވެދޭ ފަތެއް ކަމަށް ވެސް ބުނެފަ އެވެ.