ދުނިޔޭގައި ދިރިއުޅުން އެންމެ އުފާވެރި ގައުމުގެ ލަގަބު މިއަހަރު ވެސް ފިންލެންޑަށް ލިބިއްޖެ އެވެ. މިއީ މި ލަގަބު އެގައުމަށް ޖެހިޖެހިގެން ލިބުނު ފަސްވަނަ އަހަރެވެ.

ފިންލޭންޑާއެކު އެ ލިސްޓުގެ އެންމެ ކުރީގައި ދެން އުޅެނީ ޑެންމާކް އަދި ސްވިޓްޒަލޭންޑްގެ އިތުރުން އައިސް ލޭންޑަށެވެ.

އދއިން ސްޕޮންސާ ކޮށްގެން ހަދާފައިވާ މި އިންޑެކްސްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ބަލްގޭރިއާ، ރޮމޭނިއާ އަދި ސާބިއާ އެވެ.

ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓު ހެދުމުގައި ބަލާފައިވަނީ އެގައުމުތަކުގެ ދިރިއުޅުމުގެ ހަރަދާއި އިޖުތިމާއީ ހާލަތުގެ އިތުރުން ލިބެން ހުންނަ ހިދުމަތްތަކަށެވެ.

ޖުމްލަ 146 ގައުމު ހިމެނޭ މި ލިސްޓުގައި ރާއްޖެ ހިމެނިފައި ވަނީ 87 ވަނައިގަ އެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުން ދެވަނައަށްވީއިރު އެ ސަރަހައްދުގެ އެއްވަނަ ލިބިފައިވަނީ ނޭޕާލް އަށެވެ.

ޔޫކްރެއިން ހަނގުރާމައިގެ ކުރިން އެކުލަވާލި މި ލިސްޓުގައި ޔޫކްރެއިންއަށް 108 ވަނަ ލިބިފައިވާއިރު ރަޝިއާ ހިމެނިފައިވަނީ 74 ވަނައިގަ އެވެ.

ދިރިއުޅުން އެންމެ އުފާވެރި ނޫން ގައުމުގެ ގޮތުގައި މި ލިސްޓުގައި ފާހަގަ ކޮށްފައިވަނީ ތާލިބާނުން ވެރިކަން ކުރާ އަފުޣާނިސްތާނެވެ.