މިއަދު ރާއްޖެއިން އިތުރު 26 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 25 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަނެއް މީހާ ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހީންނާއި 26 ބިދޭސީންނެވެ. އެ ނަތީޖާ އައީ 1،444 ސާމްޕަލް ޓެސްޓް ކުރުމުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 12,085 އެވެ. އޭގެތެރެއިން މިހާތަނަށް 11،225 މީހުން ވަނީ ރަނގަޅުވެފައެވެ. ވިޑުން ރަނގަޅު ނުވެ ތިބީ 812 މީހުންނެވެ. އެ ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 41 އެވެ.

މިހާރު ރާއްޖޭގެ 10 ރަށެއްގައި 16 މީހަކަށް ބަލިޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި 25 ރިސޯޓެއްގައި 54 ފަތުރުވެރިންނާއި 133 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވެ އެވެ.