ކޮވިޑް19ގެ އެކި ވޭރިއަންޓު ދެނެގަންނާނެ ހާއްސަ މެޝިނެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަވާލުކުރި އެ މެޝިނާ ރާއްޖެއިން ހަވާލުވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ތަފާތު އެކި ވޭރިއަންޓުތައް ދެނެގަންނާނެ އެ ހާއްސަ ޖީން މެޝިނުނުން އެކި ވައިރަސްތަކުގެ ހަރަކާތްތަކާއި ވައިރަސްތަކަށް އަންނަ ބަދަލުތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ހަމައެހެންމެ އެ މެޝިނުން ހިމަބިހި، އިންފްލުއެންޒާ ފަދަ އެހެނިހެން ބަލިތައް ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދޭނެ ކަމަށް އެ އޯގަނައިޒޭޝަނުން ވަނީ ބުނެފަ އެވެ.
ޑަބްލިއުއެޗްއޯއިން އިތުރަށް ބުނީ، އެ މެޝިނުގެ އެހީގައި ކޮވިޑްގެ ވޭރިއަންޓް ދައުރުވާ މިންވަރު ދެނެގަނެވޭނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވުމާއި ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ ފާއިތުވި ދެ އަހަރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފަ އެވެ.
ޒުވާނުންގެ މެދުގައި ކެންސަރު އިތުރު ވަމުން އަންނަ ސަބަބު!
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
