ބޮލީވުޑްގެ މުސްލިމް އެކްޓަރެއް ކަމަށްވާ ސައިފް އަލީ ޚާންއާއި އޭނާގެ އާއިލާ ރޯދަ މަހު ރޯދަ ނުހިފުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސައިފް އާއި އޭނާގެ ދެ ދަރިން ކަމަށްވާ ސާރާ އަލީ ޚާން އަދި އިބްރާހިމް އަލީ ޚާން ރޯދަ މަހު އެކީގައި މެންދުރުގެ ކެއުމަކަށްފަހު ރެސްޓޯރެންޓަކުން ނިކުމެގެންދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެ އެންމެންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

https://www.instagram.com/p/CcIHTKIqn2n/

އެގޮތުން އާންމުވި ވީޑިއޯގައި އެއްބަޔަކު ވަނީ ސައިފް އަދި އޭނާގެ އާއިލާއަކީ މުސްލިމް ބައެއް ކަމަށް ހީކުރެވުނު ކަމަށް ބުނެފަ އެވެ. އަދި އަނެއް ބަޔަކު ވަނީ އެ މީހުންގެ މުސްލިމް ނަން ދީފައިވަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.

ސައިފްއާއި އޭނާގެ އާއިލާއަށް މީގެ ކުރިން ވެސް މިފަދަ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެގޮތުން ސާރާ އަލީ ޚާން، މުސްލިމް އަންހެނަކަށްވެ ހުރެ، ނިވާކަން ކުޑަ ހެދުން ލާ ކަމަށް ބުނެ ވެސް ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔާފަ އެވެ.