ސޯޝަލް މީޑިއާގެ އިންގިލާބާއެކު "އޯވަނައިޓް" ސްޓާރަކަށް ބަދަލުވި ރަނޫ މަންޑަލް "ކާޗާ ބަދާމް" ކިޔުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިފަހުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކަޗާ ބަދާމް ލަވަ އަކީ މަގުމަތީގައި ބަދަން ވިއްކި މީހަކު، ވިޔަފާރި ކުރަމުން ގެންދާ ވަގުތު ކިޔާ ޅެމެކެވެ. އަދި އޭނާ ޅެން ކީވަގުތު ސޯޝަލްމީޑިއާއަށް މީހަކު އޭނާގެ ވީޑިއޯ ލުމާއި އެކު އެވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ތިބި މަގުބޫލުކަން ހޯދާފައިވެ އެވެ.

ހަމައެހެންމެ ބޮލީވުޑްގެ ބައެއް ފަންނާނުންވެސް ވަނީ އެ ޅެމުގެ ތަންކޮޅުތައް ކިޔައި ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ރާނޫވެސް ހިމެނޭއިރު، ރާނޫ ފެނިގެންދަނީ އިންޑިއާގައި ކައިވެނި ކުރާ އަންހެނުން އަޅާ ހެދުން ލައިގެން އެ ޅެން ކިޔާ މަންޒަރެވެ.

https://www.instagram.com/p/CcXJXCWllTv/?utm_source=ig_embed&utm_campaign=embed_video_watch_again

ނަމަވެސް ގިނަ ބަޔަކަށް އޭނާގެ ލަވަކިޔުން ކަމުގޮސްފައެއް ނުވެ އެވެ. ހަމައެހެންމެ އެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވާން ފަށާފައިވާއިރު، ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

ރާނޫ މަޝްހޫރުވީ އޭނާގެ އަޑާއި ލަވަކިޔުމުގައި ހާއްސަ ގޮތެއް ހުރުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މަޝްހޫރުކަން ލިބުމާއި އެކު އޭނާގެ މިޒާޖަށް އައި ބަދަލާއި ބޮޑާކަން ފާހަގަކޮށް ގިނަ ބަޔަކު އޭނާއަށް ކުރި ތަރުހީބު ވަނީ ގެއްލިފަ އެވެ.