ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުންގެ ކެންޑިޑޭޓު ނަމްބަރު ތަރުތީބު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގައި ކުރިއަށްދިޔަ މި ހަރަކާތުގައި މި ދާއިރާއަށް ކުރިމަތިލާފައިވާ ދެ ޕާޓީގެ ފަރާތުން ދެ ކެންޑިޑޭޓުންވަނީ ބައިވެރިވެފަ އެވެ. މި ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ޕީޕީއެމްގެ ފާތިމަތު ނާޒިމާއާއި އެމްއެންޕީގެ އާމިނަތު ޝީޒާ އެވެ. ނާޒިމާ އަށް ލިބުނީ 1 ވަނަ ނަމްބަރެވެ. 2ވަނަ ނަމްބަރު ލިބުނީ ޝީޒާ އަށެވެ.

ވިލިމާލޭ ޑަބްލިއުޑީސީ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުން

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު އިންތިހާކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ކުރިން ހަމަޖެއްސީ އަންނަ މަހުގެ 14 ވަނަ ދުވަހަށެވެ. އެތާރީހު ބަދަލުކުރީ ކުރިން ބާއްވަން ހަމަޖެއްސި ދުވަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އޮންނާތީ އެވެ. ނަމަވެސް 16ވަނަ ދުވަހަކީ ހޯމަ ދުވަހަށްވާތީ އެދުވަސް ބަދަލު ކުރުމަށް ޕާޓީތަކުން ވަނީ އިލެކްޝަންސްގައި އެދިފަ އެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އެމްޑީޕީއަށް ވަނީ މި ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. އެއީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމް ހުށަނޭޅުމުންނެވެ.