އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ހުށަހަޅަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިންް ނިންމައިފި އެވެ.
މި މައްސަލަ އެލްޖީއޭގެެ ބޯޑަށް ހުށަހެޅުއްވީ އިދިކޮޅުން އެ ކޮމިޓީއަށް އިންތިހާބު ކުރައްވާފައިވާ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އެވެ.
މި އިސްލާހު ގެނައުމަށް އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ވަނީ އެއްބަސްވެފަ އެވެ.
މިކަމާއި ގުޅިގެން ޓްވީޓް ކުރައްވަމުން ނިމާލް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އިނާޔަތު ފައިސާ ހޯދައި ދިނުމަށް ހުށަހެޅި މައްސަލަ ބޯޑުގައި މިއަދު އެޖެންޑާ ކޮށް މަޝްވަރާކޮށްފައިވާކަމަށެވެ.
އެއާއެކު އެކަމަށް ޓަކި ޖެހި ފުރަތަމަ ދޮރު ހުޅުވިގެން ދިޔައީ އަންހެނުންގެ ކޮމެޓީތަކަށް އުންމީދު ގެނެސްދީފައި ކަމަށާއި، އެ ހައްގު ހޯދައި ދިނުމަށް އޭނާ ހުންނަވާނެކަމަށް ނިމާލް ވިދާޅުވި އެވެ.
މައްސަލައެއް ދިމާވެ، މުޅި ފުވައްމުލަކުން ފެން ކެނޑިއްޖެ
މައީޝާގެ ދަރިއަކު ނުހުރޭ، ޖެންޑާއިން ދަރިފުޅު އަތުލަން ގޮސްފި!
މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ
