ފިތުރު އީދުގެ ފާހަގަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މާފުއްޓަށް ވަޑައިގަތުމަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސްގެ ދެކަނބަލުން މާފުށްޓަށް ވަޑައިގަންނަވަނީ އެ ރަށު ކައުންސިލްގެ ދައުވަތަކަށެވެ.

މިއަހަރުގެ ފިތުރު އީދު މާފުށީގައި ކުލަގަދަކޮށް ފާހަގަކުރުމަށް އެރަށުގެ ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ.

މާފުށީ ކައުންސިލުން ބުނީ ރައީސް ބައިވެރިވެވަޑައިގަންނަވާނީ އީދު ދުވަހު އޮންނަ ސަގާފީ ޖަފާތެއްގައި އާއި އެ ދުވަހު ހަވީރު އޮންނަ ކުޑަކުދިންގެ ހަވީރުގަ އެވެ

އީދު ދުވަހުގެ ހަރަކާތްތައް ފެށޭނީ ބޮޑު ޖަމާއަތުގައި ކުރެވޭ އީދު ނަމާދުން ކަމަށާއި، ސަގާފީ ގޮތަށް ތައްޔާރުކުރެވޭ ހެނދުނުގެ ސައިފޮދަކާއި، މެންދުރުގެ ފަރިއްކޮޅެއް ރޭވިފަ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި، ހުރިހާ އުމުރުފުރާތަކަކަށް ޚާއްސަކޮށްގެން މިއުޒިކް ޝޯއެއް އީދު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.