ސްޕޭސް ޓޫރިޒަމްއަކީ މިހާރު އެންމެ އިންތިޒާރު ކުރެވޭ ކަމަކަށް ވާއިރު ޖައްވުގައި ހުޅުވާ އެންމެ ފުރަތަމަ ޓޫރިސްޓް ހޮޓެލް 2025 ވަނަ އަހަރު ހުުޅުވަން ނިންމައިފި އެވެ.
އޯބިޓަލް އެސެމްބްލީ ނަމަކަށް ކިޔާ އެމެރިކާގެ ޖައްވީ ކުންފުންޏަކުން ތައްޔާރުކުރާ 28 މީހުންގެ ޖާގައިގެ ޕަޔޮނިއާ ސްޓޭޝަން 2025 ވަނަ އަހަރު ހުޅުވާއިރު އޭގެ ދެއަަހަރު ފަހުން 400 މީހުންގެ ޖާގައިގެ ވޮޔޭޖާ ސްޓޭޝަން ހުޅުވޭނެ އެވެ.
މި ހޮޓެލްތަކުގެ ޑިޒައިން ކޮންސެޕްޓް ހަދާ ނިމިފައިވާއިރު ޕަޔަނިއާ ސްޓޭޝަންގައި އޮފީސް ބައެއްގެ އިތުރުން ރިސާޗް ސެންޓަރެއް ވެސް ހުންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
ޑިޒައިން ކުރެހުންތަކުގައި ފުރޮޅެއްގެ ބައްޓަމަށް ހޮޓެލް ފެންނައިރު އެތެރޭގެ ޚިދުމަތްތައް ހުރީ އާއްމު ޓޫރިސްޓު ހޮޓަލެއްގެ ހިދުމަތްތަކާ ދާދި އެއްގޮތަށެވެ. ކޮންމެ ކޮޓަރިއެއްގައި ބޭރު ފެންނަ ގޮތަށް ކުޑަދޮރު ހުރި އިރު ބޭރުން ފެންނަނީ ދުނިޔެ އެވެ.
ހޮޓަލުތަކުގެ އަގުތައް އަދި އާއްމު ކޮށްފައި ނުވި ނަމަވެސް މި ހޮޓަލުގައި އެންމެ ރެއެއް ހޭދަ ކުރަން ވެސް އެތައް ބިލިއަން ޑޮލަރެއް ހޭދަވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ސްޕޭސް ޓޫރިޒަމްގެ ވާދަވެރިކަން ބޮޑުވަމުން ދާއިރު ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން އަދި އިލޮން މަސްކްގެ ސްޕޭސް އެކްސްއިން ވެސް ވަނީ މި ވިޔަފާރިއަށް ވަދެފަ އެވެ.