ރާއްޖެއިން ޢުމްރާއަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ނިޔާވީ ރ. މީދުއަށް ނިސްބަތްވާ އުމުރުން 71 އަހަރުގެ ސައީދު ޔޫސުފެވެ.

ސައީދު ޔޫސުފު ޢުމްރާގެ އަޅުކަން އަދާކުރަން ގޮސްފައިވަނީ ޒަމްޒަމް ޙައްޖު އެންޑް ޢުމްރާ ޓްރެވަލް ގްރޫޕާއެކުގައެވެ. އަދި އެ ދަތުރުގައި ސައީދު ޔޫސުފާއެކު އާއިލާގެ މެމްބަރުން ވެސް ޢުމްރާއަށް ދިޔަ އެވެ.

އެ ގްރޫޕުން ބުނީ އޭނާ ނިޔާވީ ކުއްލިއަކަށް ހާލުދެރަވެ، މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ.

އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު މިދިޔަ މަހުގެ ތެރޭގައި ވެސް ނިޔާވި އެވެ. އެއީ ބ. އޭދަފުއްޓަށް ނިސްބަތްވާ އުމުރުން 76 އަހަރުގެ އަބޫބަކުރު ޙަސަނެވެ. އޭނާ ނިޔާވީ މައްކާގެ ޙަރަމްފުޅުގައި ފަތިސްނަމާދު ކޮށްގެން އެނބުރި ހޮޓަލަށް ދިޔަ ތަނުންނެވެ.