ޕެސިފިކް ކަނޑުގެ އަޑީގައި ގަލުން ހެދިފައިވާ އާދަޔާ ޚިލާފު މަގެއް ސައިންސްވެރިންގެ ޓީމަކުން ހޯދައިފި އެވެ.
އެކްސްޕްލޯރޭޝަން ވެސަލް ނޯޓިލަސްގެ މެރިން ސައިންޓިންސްޓުންގެ ޓީމަށް މި މަގު ފެނިފައިވަނީ ޕެސިފިކް ކަނޑުގެ ލިލިއުއޮކަލަނި ރިޖް ނަމަކަށް ކިޔާ ސަރަހައްދެއް ދިރާސާ ކުރަމުން ދަނިކޮށެވެ.
ފެންނަ ފެނުމަށް ޕޭމަންޓް ގާ ފަދަ ގަލަކުން ހަދާފައިވާ މި މަގަކީ އެޓްލާންޓިސްއަށް ދާން އޮތް މަގު ކަމަށް ސައިންޓިސްޓަކު ބުނެ އެވެ.
އިންސާނުން ހަދާފައިވާ ކަމަށް ބެލެވޭ މި މަގަކީ އިންސާނީ ނަސްލުގެ އާސާރީ ސިވިލައިޒޭޝަން އަކަށް ނިސްބަތްވާ މަގެއް ކަމަށް ސައިންސްވެރިން ލަފާ ކުރެ އެވެ.
މި މަގު ހޯދި ސައިންސްވެރިން އިތުރަށް ބުނީ މަގު ހެދިފައިވާ ގާތަކުގެ ޓެކްސްޗާއަށް ބަލާއިރު މިއީ ވަރަށް ގިނަފަހަރު މަތިން ހޫނު ތަޖުރިބާ ކޮށްފައިވާ ގާތަކެއްކަން އެނގޭ ކަމަށެވެ.
މި މަގުގެ އިތުރު ދިރާސާތައް ކުރުމަށް ސައިންސްވެރިން އަންނަނީ ތައްޔާރު ވަމުންނެވެ.
މީގެ 25000 އަހަރު ކުރިން ވެސް އިންސާނުން ދުފައި އުޅުނު!
ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ފަސްކޮށްދޭން އެދެފި
ޓޮމްއާއި ޒެންޑޭޔާގެ ކައިވެނީގެ އަޑުތަކަށް އެންމެ ފަހުން ނިމުމެއް!