ލ.ކައްދޫ އާއި ސ.ގަމުގައި ގާއިމްކޮށްފައިވާ މޯލްޑިވިއަންގެ އޮފީހުން ޓިކެޓް ދޫކުރުން ހުއްޓާލަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، ޖުލައި އެކަކުން ފެށިގެން މި ދެ އޮފީހުން ޓިކެޓް ދޫކުރުން ހުއްޓާލި ނަމަވެސް މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަން، ކޯލް ސެންޓަރު، މެއިލް، ވައިބާ އަދި އެ ކުންފުނިން ކަނޑައަޅާފައިވާ އެޖެންޓުން މެދުވެރިކޮށް ޓިކެޓް ނެގޭނެ ކަމަށެވެ.
ހަމައެއާއެކު ޓިކެޓް ދޫކުރުން ފިޔަވައި އެ އޮފީހުން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތައް މިހާރެކޭވެސް އެއްފަދައިން ލިބޭނެކަމަށާއި، ޗެކިންވާ ވަގުތު މި ދެ އެއާޕޯޓްގައިވެސް މޯލްޑިވިއަންގެ ކައުންޓަރުތަކުން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މޯލްޑިވިއަނުން މިފަދައިން މި 2 އޮފީހުން ޓިކެޓް ދޫކުރުމުގެ ހިދުމަތް ހުއްޓާލަން ނިންމި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

މެއި/ޖޫން އޭލެވެލްގައި ބައިވެރިވާ އެޕްލިކޭޝަން ދޫކުރަން ފަށައިފި
ދިރާގު ޕޭ މެދުވެރިކޮށް މިހާރު މީލް ޕެކް ހަދިޔާކުރެވޭނެ
ދިރާގު 3X3 ޗެލެންޖަށް ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މާދަމާ