ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު، އޭނާގެ ފިލްލުތައް ކުޅެން ނަގަނީ ހަމައެކަނި މަޝްހޫރު ތަރިންގެ ދަރިން ނޫން ކަމަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ފަންނާނެއް ކަމަށްވާ ކިއާރާ އަދްވާނީ ބުނެފި އެވެ.
އިންޑިއާ ފިލްމް އިންޑަސްޓްރީގައި މަޝްހޫރު ފިލްމު ކުޅޭ ފަންނާނުންނަށް ވުމަށް ގިނަ ބަޔަކު އެތައް ގުރުބާނީއެއްވެ އެވެ. ހަމައެހެންމެ ފިލްމު އިންޑަސްޓްރީއަށް އާދެވުނު ނަމަވެސް އިންޑަސްޓްރީން ބޭރުން އައުމާއި ގުޅިގެން އެތަރިންނަށް ލިބެންވާ ގަދަރާއި އިހުތިރާމު، އަދި ފުރުސަތު މަގުފަހިނުވާ ކަމަކީ، ފަންނާނުންގެ އިތުރުން އާންމުން ވެސް ކުރަމުން ގެންދާ ޝަކުވާއެކެވެ.
މިކަމާ ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެކަކަކީ ކަރަން ޖޯހަރެވެ.
އޭނާގެ ފިލްމުތައް ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް، އެ ފިލްމުތައް ކުޅުމަށް ރޯލު ދެނީ ހަމައެކަނި ސްޓާރުންގެ ދަރިންނަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ.
ނަމަވެސް ކަރަން ދިފާއުކުރަމުން ކިއާރާ ވަނީ އެކަން ދޮގުކޮށްފަ އެވެ. ކިއާރާ ބުނިގޮތުގައި ކަރަން އޭނާއަށް ފިލްމަކުން ޖާގަ ދިނީ އޭނާ އެއްވެސް މީހެއްގެ ދަރިއަކަށް ވުމުގެ ސަބަބުންނެއް ނޫނެވެ. އަދި އޭރު އޭނާގެ އެއްވެސް މަގާމެއް އިންޑަސްޓްރީގައި ނޯންނާނެކަމަށް ކިއާރާ ބުނެފައިވެ އެވެ.
ކިއާރާ އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ބޫލްބުލައްޔާ 2" އިންނެވެ. ބަތަލާގެ ރޯލު އަދާކުރާ ކިއާރާއާ އެކުގައި ބަތަލެއްގެ ރޯލު ކުޅެނީ ކާރްތިކް އާރްޔަން އެވެ.