މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން 4 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަަލައިފާސްކޮށްފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފަ އެވެ.
އަދި މ. އާރު / މާލެ، މުހައްމަދު ލަޔާން އަހްމަދު (21އ) އާއި ކޮކާހަނދުވަރު / މ. މުލައް، އަލީ ނާޒިމް (40އ) ހަތްދުވަހަށް އަދި މ. މޯނިންވިޔު / މާލެ. އަލީ ނާވީ ނިޔާޒު (23އ) ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ހަނގުރާމައަށް 11 ދުވަސް: އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަ
ރޯދަ މަލާފަތް: ދިވެހި ރަހަތައް އެކުލެވޭ ބަނބުކެޔޮ ބޮނގަރަ
އިތާފުށިން އެއާޕޯޓް އޮޕަރޭޝަންސް ޑައިރެކްޓަރަކު ހަމަޖައްސައިފި