މިވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ތިމާގެ ގާތް ބޭބޭފުޅުން އެކިއެކި މަގާމްތަކުގައި ތިއްބަވާތަން އެބަ ފެނޭ ކަމަށާއި، އެއީ ދެރަކަމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ، ދިވެހި ޗެނަލްއިން ގެނެސް ދިނުމަށް ހަމަޖަހިފައިވާ، ރައީސް ނަޝީދުގެ ޚާއްސަ އިންޓަވިއު ޓްރެއިލާ އެއްގަ އެވެ.

މި ޓްރެއިލަރގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ "ތަންކޮޅެއް ގިނައިން ރައީސުލްޖުމްހޫރިއްޔާއާ ތިމާގެފުޅުން، ގާތް ބައެއް ބޭފުޅުން އެކިއެކި މަގާމްތަކުގައި ތިއްބަވާތަން އެބަ ފެނޭ. ދެން އެއީ ދެރަކަމެއް،" މިފަދައިން ނެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު ރައީސް ސޯލިހާއި އެމަނިކުފާނާ ދޭތެރޭވަނީ ވަރަށް ބޮޑު ހިޔާލު ތަފާތުވުމެއް އުފެދިފަ އެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ދެ ރައީސުންގެ ފެކްޝަންގެ ކޯޅުން ވަނީ ވަރަށް ބޮޑުވެފަ އެވެ.

މީގެ އިތުރުން އެމަނިކުފާނުގެ އިންޓަވިއުގައި އިންޑިޔާއާއި ދިވެހި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމާގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު މިއަދު ކުރިއަށް ދާއިރު މި އިންޓަވިއު ގެނެސްދިނުމަށް ހަމަަޖެހިފައިވަނީ މިއަދު 2:30ގަ އެވެ.