ކަލާސް އިން ދެއްކި ބިގްބޮސް އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޓީވީ ތަރި ޖޭސްމިން ބާސިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ޖޭސްމިން ރާއްޖެއަށް އައިސްފައިވާއިރު އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ދ. ކަޑިންމަ ރިސޯޓުގަ އެވެ.

އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ޖޭސްމީން ވަނީ ރިސޯޓުގައި ނަގާފައިވާ ފޮޓޯތައް ސޯސަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

ޖޭސްމިން ބާސީން އާއި ޓީވީ ތަރި އަލީ ގޯނީ ކައިވެެނިކުރަން އުޅޭ ވާހަކަ މީޑިއާގައި ވަނީ ދެކެވެމުންނެވެ.

އަލީ އާއި ޖޭސްމިންއާ ދެމެދު ހާއްސަ ގުޅުމެއް އޮންނައިރު އެ ގުޅުން އެންމެ ބޮޑަށް ބަދަހިވީ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ނުވަ ވަނަ ސީޒަންގެ ތެރޭގަ އެވެ.

މި ދެ ފަންނާނު ބިގް ބޮސް 14 ގައި ބައިވެރެ ޗުއްޓީއަކަށް ދިޔުމަށް އެންމެ ރަގަޅު ގައުމުގެ ތެރޭގައި ރާއްޖޭ ކަމަށްވެސް ޖޭސްމިން ވަނީ ބުނެފަ އެވެ.

ގިނަ އަދަދެއްގެ ޓީވީ ޝޯތަކުން ފެނިފައިވާ 30 އަހަރުގެ ޖޭސްމިން ވަނީ ނާގިން އާއި ވާނަމް އަދި ދިލް ސޭ ތަކާއި ދިލް ތޯ ހެޕީ ހޭ ޖީ ފަދަ ޝޯތަކުން ފެނިފަ އެވެ.