މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ބޮޑުތަކުރުފާނު މަގުގައި 200 ކަރުދުރުގަސް އިންދުމުގެ މަޝްރޫއެއް ފަށައިފި އެވެ.
މިއަދު ހަވީރު މި މަޝްރޫއު ފައްޓަވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ މަޝްރޫއު ފައްޓަވައިދެއްވުމުގެ ގޮތުން މުއިއްޒު ވަނީ މާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ކަދުރު ރުކެއް އިންދާފަ އެވެ.
ރުއް އިންދުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މޭޔަރު ވިދާޅުވީ އެ ރުއްތަށް ބަލަހައްޓާނީ ކަމުގެ މާހިރުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސް ތެރޭ ކަދުރު ރުށްތައް އިންދައި ނިންމުމަކީ އަމާޒެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ މަޝްރޫއުގެ ދަށުން ކަނބާއައިސާ ރަނި ހިނގުމުގައި ދާދިފަހުން ވަނީ 10 އަނބުގަސް އިންދާފަ އެވެ.
އެކި ވައްތަރުގެ މާއަޅާ ގަސްތަކުގެ އިތުރުން އަނބު، ސައްކެޔޮ، ޖަނބުރޯލު ފަދަ މޭވާ އަޅާ ގަސްތައް މާލޭގައި އިންދަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ވެކްސިން ޕްރޮގްރާމެއް
ޓްރަމްޕްގެ ޝަރުތުތައް ފުރިހަމަނުވުމުން އެއްބަސްވުމަކަށް ނާދެވުނު
މަރު ހަނދާން ކުރުމަކީ އުފާވެރި ދިރިއުޅުމެއްގެ ސިއްރު

ކުރިން ޖެހި ފެންފޯއް ރުއްތަކަށް ވީވަރު ނުވިއްޔާ ރަގަޅު