އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށްފަހު ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ފުރަތަމަ ގައުމީ މަޖިލިހުގެ ބައްދަލުވުން ބާއްވައިފި އެވެ.
ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެެއްވުމަށްފަހު ފައްޔާޒް ފުރަތަމަ ފަހަރަށް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންވި އެވެ. ވަރަށް ވާދަވެރި އިންތިހާބަކަށްފަހު ޖަލްސާ ބޭއްވިއިރު ދެފެކްޝަންގެ ބޭފުޅުންވެސް ޖަލްސާގައި ބައިވެރިވިކަން ފާހަގަކުރެވުނެވެ.
އިންތިހާބު ކާމިޔާބު ވުމަށްފަހު ފައްޔާޒް ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާނީ ޕާޓީ ހަރުދަނާކޮށް، 2023ގެ އިންތިޚާބު އެޕާޓީއަށް ކާމިޔާބުކޮށްދިނުމަށްކަމަށް ކަމަށެވެ.
ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރި އިމްތިޔާޒް ފަހުމީއާ ވާދަކޮށް ފައްޔާޒް އިންތިހާބު ކާމިޔާބުކުރީ 7،000 ވޯޓުގެ ތަފާތުންނެވެ. މި އިންތިޚާބުގައި ފައްޔާޒަށް ލިބިވަޑައިގަތީ 27،406 ވޯޓެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 20،217 ވޯޓެވެ.
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!
ދުނިޔޭގެ އެންމެ އަގުބޮޑު ބީޗްތަކުގެ ތެރޭގައި އދ. ދިގުރަށް
އެކްޓް ކުރުން މަތިން ހަނދާން ނުވާ ކަމަށް ޕްރިތީ ބުނެފި