ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި 1،763 ސާމްޕަލް އިން 30 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހީންނާއި އަށް ބިދޭސީންނެވެ. މިއަދުގެ ކޭސްތަކުގެ ތެރެއިން 27 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،608 އަށް އަރައިފައެވެ. އޭގެތެރެއިން 11،599 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 956 މީހުންނެވެ. ކޮވިޑަށް ޕޮޒިޓިވްވެގެން އައިސޮލޭޝަން ފެސިލިޓީސްތަކުގައި މިވަގުތު ތިބީ 344 މީހުންނެވެ. އަދި 86 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 46 މީހަކު ވަނީ މަރުވެފަ އެވެ. އެންމެފަހުން މީހަކު މަރުވީ މިއަދު އެވެ.